ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުންގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ރުހުންދީފިއެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތާވަލުކުރީ:

  • ޕީސީބީ އަށް ރައީސް އައްޔަންކުރެއްވި މެންބަރު މުހައްމަދު އާޒާދާ އިންޓަވިއުކުރުމަށް
  • އެ ބޯޑަށް ރައީސް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ އާޒާދާ އިންޓަވިއުކުރުމަށް ކުރުމަށް ފަހު، ޕީސީބީ އަށް ރައީސް އައްޔަންކުރެއްވި މެންބަރުންނަށް ރުހުންދޭން ކޮމިޓީގެ އިއްތިފާގުން ނިންމައިފައެވެ. އެގޮތުން ކޮމިޓީން ރުހުންދިން މެންބަރުންނަކީ:

  • ހަމްދީ އަގީލް - ރައީސް
  • މުހައްމަދު އާޒާދު - މެންބަރު، ފައިނޭންސް ދާއިރާ
  • ލީނާ އަބްދުލްޖަލީލް - މެންބަރު، ބޭންކިން ދާއިރާ
  • މޫސާ ފަތުހީ އާދަމް - މެންބަރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
  • އަހްމަދު ނަޝާތު - މެންބަރު، ގާނޫނީ ދާއިރާ
  • ހަސަން ޒަރީރު - މެންބަރު، އިކޮނޮމިކްސް ދާއިރާ

މި ބޭފުޅުން ހިމެނޭހެން ދެން ޕީސީބީގައި ތިއްބަވަނީ އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒާއި މެންބަރު އަހްމަދު މުޝްތާގެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަންކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.