އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ ހަދަމުން ދިޔަ މުހައްމަދު ނަބީލް، އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ޓިކްޓޮކްގައި ބަރަހަނާވެ ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި މީގެ ކުރިން ހަތަރު ފަހަރު މަތިން ހައްޔަރުކުރި ނަބީލް 39، އަލުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ، އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޕޯސްޓްކުރަމުން ދިޔަ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ޓިކްޓޮކްގައި ބަރަހަނާވި މައްސަލައިގައި ސެޕްޓެމްބަރު 2022 ގައި ނަބީލް ހައްޔަރުކޮށް އެއް އަހަރަށް ޖަލަށް ލާން ވެސް ވަނީ ހުކުމްކޮށްފައެވެ. ދައުލަތުން އޭރު އޭނާގެ މައްޗަށް އުފުލީ އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އަދި އެ ދައުވާތަކަށް ނަބީލް އިންކާރުކުރި ނަމަވެސް، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާކަމަށް، ކްރިމިނަލް ކޯޓުން އޭރު ކަނޑައެޅިއެވެ.
މީގެ ކުރިން 'ޔާޔާ ނަބީލް'ގެ ނަމުގައި ވީޑިއޯ ހެދި ނަބީލް، ޓިކްޓޮކްގައި މިހާރު ވީޑިއޯ ހަދަމުން ދަނީ 'ލޫސީ'ގެ ނަމުގައެވެ