މިދިޔަ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ލުއި ދެވިފައި ނުވާކަން ފާހަގަކުރެވޭކަމަށާއި މިކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު އަންގަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވީ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލުތަކުން ލުޔެއް ހޯއްދަވައިދެއްވަން ކަމަށާއި އެ ވައުދު ރައިސް ފުއްދަވައިދެއްވާނެ ކަމަށެވެ.
ހީނާ މިހެން ވިދާޅުވުމުގެ އިރުކޮޅެއް ކުރިން ޔުޓިލިޓީ ކުންފުނިތަކުން ވަނީ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެނަށް ޑިސްކައުންޓު ލިބޭގޮތަށް ބިލުތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާންކޮށްފައެވެ.
އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް ބަދަލުކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެކަމަށެވެ އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރޯދަ މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސް ޑރ. މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ. މިއާއެކު ރޯދަ މަހު ކުރާ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަ މަހު ފޮނުވާ ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓް ދިނުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ.
ރޯދަމުހުގެ ޑިމާންޑް ކާވްއަށް ބަލާއިރު ރޯދަ މަހު ޕީކްއާ އެހެން މަސްތަކުގެ ޕީކްއާ ތަފާތުކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އެހެން މަސްތަކުގައި ޕީކް އުޅެނީ 12 އިން ފެށިގެން 2 އަކަށް އަދި ރޭގަނޑުގެ ވަގުތުގައި ކަމަށެވެ. ނަމަވެސް ރޯދަ މަހު ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށެވެ.
ކޮންމެ ކަމެއްވެސް އޮޅުވާލަނީ، ރައިއްޔަތުން ކެކިއަރައިގަތީމް ދެންކޮންމެވެސްވަރެއްގެ ހައްލެއްގެނެވޭތޯ ތެޅިގަންނަނީ، ހީކުރާކަހަލަ އަދިވެސް ރައިއްޔަތުންނަކީ ގުނބޯތަކެކޭ، ނާށިގަނޑު ކޭއްތިވަރަކަށް ތިބެގެން ނަށާނޭ، ނޫން އެދުވަސްމިހާރު ފަސްދީހިނގައްޖެ.
ކަރަންޓު ބިލް ދައްކައިފިން