އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓްކޮށް ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ގެނެސްދިން ސީރީޒް "ދަރަކަ" ގެ ދެވަނަ ސީޒަނެއް ގެންނާނެކަން އިއުލާންކޮށްފިއެވެ.

ކަޒްމިކް އިންޓަނޭޝަނަލް އިން މި ސީރީޒްގެ ދެވަނަ ސީޒަނެއް ގެންނާނެކަން އިއުލާންކުރަމުން ބުނީ ވަރަށް އަވަހަށް ސީރީޒްގެ ދެވަނަ ބައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. ޖުމްލަ 8 އެޕިސޯޑުގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދިޔައީ ވާޝިޔާ މުހައްމަދެވެ. އޭނާގެ އިތުރުން މި ސީރީޒް އިން ފެނިގެންދިޔަ ތަރިންނަކީ އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާގު، ނަތާޝާ ޖަލީލު، އަލީ އުސާމް (ދޮނާ) އާއި އައިޝަތު އަލީގެ އިތުރުން ސޫޒަން އިބްރާހިމްފުޅެވެ.

އެ ސީރީޒްގައި ރާއްޖޭގެ ކުށްކުރާ ރޭޓާއި، ސިޔާސީ ބައެއް ފަރާތްތަކާ ކުށުގެ މައްސަލަތަކާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ފުރަތަމަ ސީޒަނުން ފެނިގެންދިޔައީ ނިޝާ ކިޔާ ކުއްޖަކު ހޯދުމަށް ނަވާލް ކިޔާ އިންވެސްޓިގޭޓަރެއް މަސައްކަތްކުރަމުން އަންނަ ތަނެވެ. ނިޝާގެ ރޯލު ކުޅުނީ ވާޝިޔާއެވެ. ހޯދުމަށް، ނަވާލް ކިޔާ އިންވެސްޓިގޭޓިވް އޮފިސަރަކު ކުރާ މަސައްކަތެވެ. އެ ޑްރާމާގައި ނިޝާއަކީ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ނާޒިމާގެ ދަރިފުޅެވެ. ނާޒިމާގެ ރޯލު ކުޅެނީ ސޫޒަން އެވެ.