ހދ. ވައިކަރަދޫ ފަޅުތެރެއަށް ވަން މުށިމަސްތަކެއް މަރުވި މައްސަލައިގައި އެރަށު ކައުންސިލްގެ ރައީސް އާއި ވާހަކަދެއްކެވުމަށްފަހު ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަމުން ދާކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ މިކަމާ ގުޅޭގޮތުން ވުޒާރާ ތަކާއި އިތުރަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވީ، އެ ރަށު ފަޅަކީ އާންމުންކޮށް ވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެއް ކަމަށެވެ. އަދި އާންމު ހާލަތްތަކުގައި ފަތިހު ވަދެފައި އިރު އޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނުކުންނަ ކަމަށާއި ނަމަވެސް އެރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 26 ވަނަ ދުވަހުއެވެ. ވައިކަރަދޫ ފަޅުތެރޭގައި އެތައް ހާސް މަހެއް މަރުވެ ކުނިވެގެން މައްޗަށް ވަނީ އަރާފައެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރަށް އެކި ފަހަރަުމަތީން ދަންނަވާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ނުހާމް ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކަން ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެ، ފަޅުތެރޭގައި އޮކްސިޖަން ހުސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.
ކަނޑުރަސްގެފާނާބާ މަސްވަރާކުރަނީ