މާލޭގެ ގެތަކުގައި ހުރި ބާ މުސްހަފާއި، ގުރުއާނުގެ އާޔަތް އަދި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލު ކުރަން އިއުލާންކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ ގެތަކުގައި ހުރި މިފަދަ ފޮތްތައް ނައްތާލުމަށް އެކައުންސިލުން ހަވާލުވާނީ 27 އޭޕްރީލް އިން 2 މެއި 2024 ގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 4:00 އަށް ތައިސޭކޮށި، ސިޓީ ކައުންސިލުގެ ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުން މި ފަދަ ތަކެއްޗާ ހަވާލުވާނެ ކަމަކަށް އެ ކައުންސިލުން ބުނެއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެފަހަރަށް މާލޭގެ ގެތަކުގައި ހުރި ބާ ދީނީ ފޮތްތައް ނައްތާލުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.