މި އަހަރުގެ އޯލެވަލް އިމްތިހާނު ރާއްޖޭގައި ފަށައިފި އެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު އޯލެވަލް އާއި އެސްއެސްސީ އިމްތިހާނު 256 މަރުކަޒެއްގައި ކުރިއަށް ދާނެ ކަމަށެވެ.

އަދި އޯލެވަލް އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވާއިރު އެސްއެސްސީ އިމްތިހާނުގައި 7133 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މިއީ ހުސްވި އަހަރާ އަޅާ ބަލާއިރު 803 ދަރިވަރުންގެ އިތުރު ވުމެކެވެ.

މި އިމްތިހާން ކުރިއަށްދާނީ 25 އޭޕްރީލް 2024 އިން ފެށިގެން 13 ޖޫންއާ ހަމައަށެވެ. އޯލެވެލް އިމްތިހާނަކީ މި މުޖްތަމުއުގައި މަދުރަސީ ހަޔާތުގައި އެންމެ މުހިންމު އިމްތިހާނުކަން ފާހަގަ ކޮށްލެވެއެވެ.

މި އިމްތިހާނާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ދަރިވަރުންނަށް ކާމިޔާބީ އަށް އެދިފައި ވެއެވެ.