ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ 93 ދާއިރާއެއް އެކުލެވޭއިރު ގިނަ ދާއިރާތަކުން ސަރުކާރު ހިންގަމުންދާ ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބެމުންދާ ކަން ވަގުތީ ނަތީޖާތަކުން ހާމަވާން ފަށައިފިއެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ ވަނީ އިއުލާން ކުރަން ފަށާފައެވެ.
މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ހޯދާފައި ވާއިރު މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއެވެ.
އެގޮތުން ދަރަނބޫދޫ އަދި ނިލަންދޫ ހިމެނޭ ގޮނޑި ސައުދާ ކާމިޔާބު ކުރައްވާފައިވާއިރު ސައުދާ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލި އަހުމަދު ރަޝީދާ ވާދަ ކުރައްވައެވެ. މީގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި ގަމު ދާއިރާއަށް ވަނީ ތިން ކެންޑިޑޭޓު ކުރިމަތިލާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވީ އަބްދުﷲ ޝަރީފްއެވެ. އަދި އަމިއްލަ ގޮތުން އަހުމަދު ޝަރީފް ވާދަކުރެއްވި ނަމަވެސް ބޮޑު ތަފާތަކު ޔޫތު ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
މީގެ އިތުރުންވެސް ލ. ފޮނަދޫ ދާއިރާއަށް ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުއްރަހީމް ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އަދި ހަމައެހެންމެ ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާގެ ގޮނޑިވެސް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ.
މި ހިނގާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީން ފުރަމުން ދިޔަ ގިނަ ގޮނޑިތަކެއް އިދިކޮޅަށް ގެއްލި ސަރުކާރުން ވަނީ ކާމިޔާބު ކޮށްފައެވެ.