18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު (64އ)، ހ. ރަބީއީމަންޒިލް، ކ. މާލެ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންކަމަށެވެ.
ފުލުހުން ބުނީ ޝާހިދު ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ 21:59 އެހާކަންހާއިރު ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް މީގެ އިރުކޮޅެއްކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ މި ވާހަކައަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށެވެ.

