އަހުމަދު ހަލީމް (ދޮންބިލެތް) އާއި އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) އަށް އެ ދާއިރާގެ ރައްޔިތުން ނޫނެކޭ ބުނެފިއެވެ.
ބިލެތްދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި އެންމެ ބޮޑު ތަފާތެއް ދެއްކި ކެންޑިޑޭޓެވެ.
އެމްޑީޕީ ޕްރައިމަރީގައި ދޮންބިލެތް ވަނީ އޭނާ ވާދަކުރި ބިލެތްދޫ ދާއިރާގެ ތިން ރަށުން ބޮޑު އަޣުލަބިއްޔަތެއް ހޯދާ ޖުމްލަ 500 ވޯޓު ކަށަވަރުކޮށްފަ އެވެ. އެއީ ޖުމްލަ ވޯޓުގެ 97.28 ޕަސެންޓާއެކުއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.
ގައްދޫގެ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އަށްވެސް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހި ފައެވެ. އޭގެ ބަދަލުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު އަލީ އެވެ.
މިދިޔަ ސަރުކާރުން ފެނަކަ އެމްޑީގެ މަގާމު އަދާކޮށްފައިވާ ސައީދުއަށް ވަނީ ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައެވެ. ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަވާލުކޮށްފައިހުރި 25 މަޝްރޫޢެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މި ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ވަކި ބަޔަކަށް ފައިދާ ވާގޮތަށް ފެނަކައިން މަޝްރޫޢުތައް ހަވާލުކޮށްފައިވާކަމަށާއި, އޭސީސީއަށް ހުށަހެޅި 25 މަޝްރޫޢުގެ މައްސަލައަކީ ފެނަކައަށް އިންތިހާއަށް ގެއްލުންވާގޮތަށް އެކިފަރާތަތަކާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.
ޢަހްހަމްދުލިއްލާހި އެވަރައް ލާރިބެހީމަވެސް އެސައިދު ނޮހޮވޭތަ އެކަމަކު މީހަކުބުނި އެޖަގަހަ ކުރިކަޑާލިމީހަކައްވެސް ސައިދު 10000 ތުފިޔާ ދެޔޯ އަހަރެންވެސް ދިޔައިން އެއީ ތެދެއްތޯބަލަން އަހަރެންނާ އެލށތިބަހާމީހާޔާދިމާނުވި އެލާރި ބަހަނީ ފައިސަލު ކިޔާކުއްޖެކޯ އޭނަ އެވަގުތަކުނެތް
މިމީހުން އަތުން ކޭހާމީހުން މިމީހުން ސައްޕް ޖަހާ ބޭރުކޮއްލީ