ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ލޭބަރުން ގެނެސް ފްލެޓްތަކުގެ މަސައްކަތް މި އަހަރު ނިންމާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، މި އަހަރު ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އިތުރު ލޭބަރުން ގެންނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެންބީސީސީ އިން 250 ލޭބަރުން ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ ފްލެޓްތަކުގެ ސްރަކްޗާގެ މަސައްކަތް ނިމުމުން ފިޝިނިން މަސައްކަތް ކުރުމަށް އަންސްކިލްޑް ލޭބަރުންގެ ބަދަލުގައި ހުނަރުވެރި ލޭބަރުން ނަގާނެ ކަމަށެވެ. އަދި ވިސްނުމަކީ އިތުރު ލޭބަރުން ގެނެސް ޖުމްލަ 3،000 ލޭބަރުންނާއެކު މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމުން ކަމަށެވެ.
ކޮންސްޓްރަކްޝަން ޝެޑިއުލް އޮޕްޓިމައިޒްކޮށް، މިހާރު މަަސައްކަތުގެ ސްޕީޑް އަވަސް ކުރެވިފައިވާ ކަމަށް ހަމްދާން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން މަހަކު އެވްރެޖްކޮށް 10 ސްލެބު ޖަހަމުން އައިނަމަވެސް މިހާރު އެވްރެޖްކޮށް މަހަކު 48 ސްލެބަށް ޖަހަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖުމްލަ 4000 އެޕާޓުމަންޓް ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެފްޑީސީއިން ކުރަމުން އަންނައިރު މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އިންޑިއާގެ 2 ކުންފުންޏެއް ކަމަށް ވާ ޖޭއެމްސީ އާއި އެންބީސީސީ އިން ކުރެ ކޮންމެ ކުންފުންޏަކަށް މި މަޝްރޫއުގެ ދަށުން 2000 ޔުނިޓް ހަދަން ދީފައިވާ ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.
މި 2 މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.
ހަމްދާތިޔަވިދާޅުވި 4000 ފުލެޓް ލިބެނީ ހައްގުވެރިންނަށްތޯ މިސުވާލު ދައްނަވަން މިޖެހުނީ ހޮދު އަޅުގަކީ ކުޑަސިޓީހަދައކގެން މާލޭގައި އުޅެމުން އައިސް ހުޅުވާލެވުނުދަފުތަރުން މާލޭގެ ރައްވެއްސެއްގެ ގޮތުގައި އުޅެމުންދާތާ 36 އަހަރަށްވުރެގިނަދުވަސް ވެފާވާއިރު އަޅުޤަޑަށް ބޯހިޔާވަހިކަމެށް ލިބިފައިނުވެ އެވެ.