ނިމިދިޔަ ސަރުކާރުން ބޯހިޔާވަހިކަމަށް އަޅަން ފެށި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ނިންމާފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މިސަރުކާރުން ފްލެޓް ހަވާލުކުރާނީ ލިސްޓް މުތޯލިއާ ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓަރި ޑރ. އަލި ހައިދަރު ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލޭ ފޭސް 2 ގެ ހިޔާޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ، މިހާރު އެކުލަވާލައިފައިވާ ކޮމިޓީން ލިސްޓް މުތޯލިއާ ކުރުމުގެ މަސައްކަތް ކުރައްމުން ގެންދާ ކަމަށާއި ކުރީ ސަރުކާރުން ކަނޑައެޅި އުސޫލުތަކަށް ފެތޭގޮތަށް އެްނމެ އިންސާފުވެރިކޮށް އެކަން ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުތޯލިއާ ކޮށް ނިމޭއިރު ޝަރުތު ހަމަނުވާ ކަމަށް ފާހަގަވާ މީހުން ތިބި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އެކަކުވެސް ބާކީ ނުކޮށް އެންމެނަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން ކަމަށާއި އެހެން ކަމުން އެފަދަ ފަރާތްތަކަށް އެހެން މަޝްރޫރުތަކުން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ ހަމައެކަނު ވެސް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ މަގުސަދަކީ ފަސް އަހަރު ތެރޭގައި ހުރިހާ އެންމެންނަށް، އެއްވެސް އިސްތިސްނާ އެއް ނެތި ބޯހިޔާވަހިކަން ޔަގީންކޮށްދިނުން."
އިތުރަށް އޭނާ ވިދާޅުވީ މިހާރު ލިސްޓުތައް މުތޯލިއާ ކުރަމުން ދާ އިރު ކުރީ ސަރުކާރުން އެކުލަވާލައިފައިވާ އުސޫލުތަކަށް ވިހާވެސް ބޮޑަކަށް ފެތޭ ގޮތަށް ކަންކަން ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ގިނަ މައްސަލަތައް ފާހަގަ ވެ މިސަރުކާރުން މައްސަލަ އޭސީސީއަށް ހުށަހެޅިއެވެ. އޭސީސީން އެ މައްސަލަ ބަލައި ޝަތުރު ހަމަވާ ސިއްރު ލިސްޓެއް ހަދާ ހައުސިން މިނިސްޓްރީ އާ ހިއްސާ ކޮށްފައި ވާ އިރު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އަދި ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ފާހަގަ ކުރި އެންމެ މުހިންމު ނުކުތާ އަކީ މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަތުރު ހަމަނުވާ ކަމަށެވެ.
20 އަހަރަށް އޮތް ފުލެޓް އަގު 27 އަހަރައް ދަމާލާފަ ކުލި ކުޑަކަމަށް ކީމަ މިހުރީ ހިނިއައިސްފަ. މިގެގުނީ ގޯސްކަމެއްކަން މިކުރީ.. ހޭލާހޭލާ އެންމެން. ފްލެޓް ޖުމްލަ އަގު ކުޑަނުވޭ އަދި މިވިސްނުނީ ޖުމްލަ އަގު ކުޑަކޮށްދީ އާދޭހާއެކު މި ބުނީ...... ގޯތި ދިނީމަ ގެއްލުން ނުވޭ... ފުލެޓް ޖުމްލަ އަގު ކުޑަކުރީމަ ގެއްލުން.. އިންސާފަކީ ކޮބާ... މިކޮމެންޓް ޖަހާލަ ދޭތި އަސަރާއެކު މިބުނީ
މުޠާލިޢާ ކުރުން . މުތޯލިއާއެއްނޫން
ވައްތަރު ވައްތަރު ނަންނަން ކިޔަމުންގޮސް ލިސްޓަށް ބަދަލު ގެނައްސިނަމަ މިސަރުކާރުގެ ކަންތައް އެހިސާބުން ނިމޭނެ. ޑެންއޮތީ ފަސްއަހަރު. ޚޮންމެ ސިކުންތެއް ހަނދާންކޮށްދެނީ ވޒިވައުދާއި ދައުރު ނިމޭދުވަސް
ކޮބާ ރައީސްއޮފީހާ މިނިވަން މުއައްސަސާތަކުގެ މީހުންނަށް ގެއްލުނު ފުލެޓުތައް. މިނިސްޓަރު ރާއްޖޭގަ ނޫޅުއްވާތީ ފަހަރެއްގަ އެނގިވަޑައިނުގެންފާނެ. އެކަމަކު ރައީސަށް އެނގިވަޑައިގަންނަވާނެ. ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ފްލެޓުތަކަށް ކުރިމައްޗެއް ނުލެވުނު ބައެއްގެވާހަކަ މިދައްކަނީ. އެވެސް އެތައްބަައެއްގެ ހައްގެއް. ގެއްލިގެންދިޔަ. އެކަމަށްއޮތީ ކޮން އުސޫލެއް. ތިއުޅުއްވަނީ އެންމެންނަށް ހައްގު ހޯއްދަވައިދެއްވަންކަމަށްވަންޏާ އެކަންވެސް ބައްލަވާތި
މީނަ މިކިޔަނީ ކީކޭބާ އެއްފަހަރު ބުނާނެ މުތާލިޔާއޭ އަނެއްފަހަރު އަލްޓާލިޔާއޭ ކޮންމެވެސް އެކައްޗެއްކިޔާގެން ކަޓުވާލަން ބޭނުންވާ ބަޔަކު ކަޓުވާފަ ކަލޭމެން ލިސްޓައް އިތުރުކުރަން ބޭނުންވާ މީހުން އިތުރު ކޮއްފަ ތި ފިލްމު ނެރެލެބަލަ
ތިޔައީ މިވަގުތު ދައްކަން ރަގަޅު ވާހަކައެއްނޫން.
ކޮބާ ޔާމީން ސަރުކާރުން ކައްވާލި ފުލެޓްތައް. އެފުލެޓް ދީފަނޫން ތިފުލެޓްތައް ބަހަންވީ. މުޢީޒް ދެވަނަ ދައުރެއް ބޭނުން ކަމުގަ ވަންޔާ އެފުލެޓްގެ ވެރިފަރާތް ތަކަށް އެބަ ޖެހޭ ފުލެޓްތައް ދޭން އެހެންނޫންތޯ..