މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދައުރުތައް ފުރިހަމަ ކޮށްފައިވާ ބައެއް މެންބަރުންގެ ވާހަކަތަކަކީމިއަދުވެސް ރައްޔިތުން ދައްކާ ވާހަކަތަކެވެ. އެ ވާހަކަތައް ރައްޔިތުން ދައްކަނީ އެ ފަދަ މެންބަރެއް ބޭނުންވެގެން, އެ މެންބަރަކު ނަމޫނާއަކަށް ބަލައިގެންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މެންބަރަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު ދެކުނު ދާއިރާ ތަމްސީލު ކުރެއްވި އަބްދުالله ރިފާއު (ބޮޗޭ) އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ހައްގުގައި ބޮޗޭ ކުރެއްވި ވަކާލާތަކީ ދާއިރާއާއި ދާއިރާއިން ބޭރުގެ މީހުންނަށް ވެސް ލާމަސީލު ނަމޫނާއެކެވެ. އޭރުވެސް މިހާރުވެސް ބޮޗޭ ހުންނެވީ ހަމަ އެގޮތުގައި ރައްޔިތުންގެ އިތުބާރާ އެކުގައެވެ.

މަޖީދިއްޔާ ސްކޫލާއި މާފަންނު މަދަރުސާއާއި އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރެއްވި ބޮޗޭ މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ ހަޔާ އެޑިއުކޭޝަން ސެންޓަރުންނެވެ. އެއަށްފަހު ސަރުކާރުގެ ސްކޮލަޝިޕެއްގައި މެލޭޝިއާއަށް ވަޑައިގެން ބިޒްނަސް މެނޭޖްމަންޓް ވިތް ފައިނޭންސްއިން ޑިގްރީ ހާސިލް ކުރެއްވި ބޮޗޭ ވަނީ އެޑިއެކޭޝަން ގައިޑެންސް އެންޑް ކައުންސިލިންގްގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާސް ހާސިލު ކުރައްވާފައެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

އެއާ މޯލްޑިވްސް އިން ވަޒީފާގެ މައިދާނަށް ނިކުމެވަޑައިގެން ބޮޗޭ އެ ކުންފުނި ބަނގުރޫޓު ވަންދެން އުޅުއްވީ އެތަނުގައެވެ. ޒުވާނުންނާ ގާތް ގުޅުމެއް އޮންނަ ބޮޗޭ އެއަށްފަހު ވަޒީފާ އަދާކުރެއްވީ ޔޫތް މިނިސްޓްރީގައެވެ.

16 އަހަރުގެ ސިޔާސީ ދިގު މާޒީގައި ބޮޗޭ ހުންނެވީ އެއް ފިކުރެއްގައި

ބޮޗޭ ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. އޭރު ޒުވާނުންނާ ބައްދަލުކުރެއްވުމަށް ރައީސް މައުމޫން ބޭއްވެވި ބައްދަލުވުމަކަށް މަދު ޒުވާނުންކޮޅެއް ދިއުމުން އެކަމާ ދޭތެރޭގައި ވިސްނި، މައުމޫންގެ ހިދުމަތް ޒުވާނުން އަގު ނުކުރަނީ ކީއްވެތޯ ބޮޗޭގެ ހިތުގައި ސުވާލު އުފެދުނެވެ.

މީހުން ކިޔާ އެއްޗެއްގެ ބަދަލުގައި އަމިއްލަ އަށް ތަޖުރިބާ ކޮށްލެއްވުމަށް ބޮޗޭ ނިކުންނެވީ ރައީސް މައުމޫންގެ ފަހަތްޕުޅުންނެވެ. އާދައިގެން ދިރިއުޅުމެއް އުޅުއްވަމުންން ގެންދެވި ބޮޗޭ އަމިއްލައަށް ވޮލެންޓިއާ ކުރެއްވުމަށް ބޭނުންވެ ނިކުންނެވިއެވެ. އެގޮތުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ރީ- ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި މެލޭޝިއާގައި ވެސް ބޮޗޭ ވަނީ އުޅުއްވާފައެވެ.

އެއަށްފަހު ރައީސް މައުމޫން ސިޔާސީ މަސައްކަތްތައް ހުއްޓަވާލެއްވުމަށް ހިޔާލުފުޅުފާޅުކުރެއްވި ދުވަސްވަރު ކުރީގެ ރައީސް އަބްދުالله ޔާމީންއާއެކު ޕީއޭގައި ބޮޗޭ މަސައްކަތް ފެއްޓެވިއެވެ. އެއަށްފަހު 2009 ވަނައަހަރު ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަހިބަދޫ ދާއިރާއަށް ބޮޗޭ ވާދަކުރެއްވި ނަމަވެސް އެ ފަހަރު ދިޔައީ ކާމިޔާބެއް ނުލިބިއެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

ޕީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް ކަން ކުރެއްވި ބޮޗޭ ވަނީ ޒުވާނުންގެ ގިނަ ހަރަކާތްތަކުގައި އިސްވެ މަސައްކަތްކުރައްވާފައެވެ. އެގޮތުން ޒުވާނުން އިސްވެ ހިންގި 'ރައްޔިތުން ހަނާވަނީ' ފަދަ ކެމްޕެއިން ތަކުގައިވެސް ބޮޗޭ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އެއަށްފަހު 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި އިއްތިހާދަކުން އުފެދުނު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ބޮޗޭ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ.

ބޮޗޭ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާގެ ދާއިރާ، މާފަންނު ދެކުނު ދާއިރާއިން ވާދަކުރައްވާ ގޮނޑި ކަށަވަރު ކުރައްވާފައެވެ. ދެން ބޮޗޭ ފެނިގެން ދިޔައީ އޭނާ ތާއީދު ކުރައްވައި ފިކުރާއި ފިކުރުން ބޭރުގެ ރައްޔިތުންވެސް އަޑުއަހާލާ ހިތްވާ ކަހަލަ ވާހަކަތަކެއް ރައްޔިތުންނާ ހިސާބަށް ގެނެސްދެއްވި ޕޯޑިމްތަކަށް ފަރިތަ ބޭފުޅަކަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައިވެސް އުޅުއްވި ބޮޗޭ ވަނީ ސިޔާސީ އެކި ހަރަކާތްތަކުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެންފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޮޗޭ ދެއްކެވީ ނަމޫނާ

މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެން ފަހުންވެސް ބޮޗޭ ފެނިގެން ދިޔައީ ވަކިފިކުރެއް، ވަކި ރައްޔިތެއް ތަފާތު ކުރުމެއް ނެތި ހިދުމަތް ކޮށްދެއްވިތަނެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

ރައްޔިތުންނަށް ފުރިހަމައަށް އެއްބާރުލުން ދެއްވުނުކަން ބޮޗޭއަށްވެސް ޔަގީނެވެ. ބޮޗޭ ވިދާޅުވީ މެންބަރެއްގެ ހައިސިއްޔަތުން އެއްބާރުލުން ދެއްވުނު ވަރަކުން އެއްބާރުލުން ދެއްވި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުގައިއެ ދާއިރާއިން ސަރުކާރަށް އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

ބޮޗޭއަށް މާފަންނު ދެކުނުގައި ތާއީދު ބޮޑެވެ. ކެމްޕެއިންގެ ހަރަކާތްތައް ދާ ގޮތުން ބޮޗޭއަށް އުންމީދު ބޮޑެވެ. ބޮޗޭ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އޭނާއަށް މެންބަރުކަން ލިބި, ރައްޔިތުންނަށް ލިބުނު ފަސޭހަ އާއި އެހީތެރިކަމާއި އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމެއްގައި އެމްޑީޕީގެ މެންބަރެއް ހުރެގެން ލިބުނު ފަސޭހަރައްޔިތުން އަޅާ ކިޔާލާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމުކޮށް އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުންވެސް ބޮޗޭއަށް ދައުވަތު ދީގެން ގެންގޮސް ތާއީދު ކުރާކަން ދަނީ ހާމަކުރަމުންނެވެ.

"އިރާދަ ކުރެއްވިއްޔާ ބޮޑު ތަފާތަކާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ"
ބޮޗޭ

ބޮޗޭއަކީ އެހެން ފިކުރަކަށް ކަޅިއެއްވެސް އެއްލާނެ މެންބަރަކަށް ނުވާނެކަން އެ ދާއިރާއާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަނީ ސާބިތު ކޮށްދީފައެވެ. ބޮޗޭ ހުންނެވީ އެއް ފިކުރެއްގައެވެ. މަޖިލީހުގެދައުރެއް ފުރިހަމަ ކުރައްވައި ނިންމަވާލެއްވީ އެއް ޕާޓީއެއްގައެވެ. އޭރު ޕީޕީއެމް އިން އިންތިހާބު ކާމިޔާބު ކުރެއްވި 12 މެންބަރަކު ޕާޓީ ދޫކޮށް ވަޑައިގެންނެވި ނަމަވެސް އެ ޕާޓީގައި ދައުރު ނިންމާލި 27 މެންބަރުންގެ ތެރޭގައި ބޮޗޭ ހިމެނެއެވެ.

މިއަދުވެސް ބޮޗޭ ނިކުމެ ހުންނެވީ އެ ޔަގީންކަމާއި ސާބިތުކަމާ އެކުގައެވެ. ދެން ވެސް ހުންނަވާނީ އެހެންނެވެ. ބޮޗޭ އަބަދުވެސް އެދިވަޑައިނުގަންނަވާ ކަމެއް އޮވެއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސަށް މީހަކު ބަދު ބަހެއް ބުނުމެވެ. އެހެންކަމުން އެފަދަ ފުރުސަތެއް މީހަކަށް ބޮޗޭ އެއް ނުދެއްވާނެއެވެ. ބޮޗޭއަކީރައްޔިތުން ހަވާލުކުރާ އަމާނާތަށް ހިޔާނާތްތެރި ވެވަޑައިނުގަންނަވާނެ ވަރުގަދަ ފަހުލަވާނެކެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހަލުކުރަން މަސައްކަތް ކުރއްވާނެ އެކަކަށް ބޮޗޭ ވާނެ

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވާއިރު ބޮޗޭގެ ދާއިރާގައި ވެސް އޮތީ ހަމަ އެ މައްސަލައެވެ. އެ ކަންބޮޑުވުމާއި ޝަކުވާ އަޑުއައްސަވާ ބޮޗޭ ނިކުމެ ހުންނެވީ އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ.

އެގޮތުން މިދިޔަ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް ކަނޑު، ފަޅުން ދޫކޮށްލި ގޯތިތައް ބޭނުން ކުރެވޭނެ އިރަކާ ދޭތެރޭގައި އެ ދާއިރާއިން ކެމްޕެއިންގައި ބޮޗޭއާ ބައްދަލުވި ގިނަ ރައްޔިތުން ސުވާލު ކުރިއެވެ. އެ ސުވާލަށް ބޮޗޭގެ ޖަވާބު ފުރިހަމައެވެ. އެއީ ހަމައެކަނި ޖަވާބެއް ނޫނެވެ. ބޮޗޭއަށް އެކަމުގައި ފުރިހަމަ އިތުބާރު އޮވެގެން ދެއްވައި ޔަގީންކަމެވެ. ބޮޗޭ ވިދާޅުވަނީ މި ސަރުކާރު ވެގެން ދާނީ ކުރީ ސަރުކާރުގައި ދޭނެ ކަމަށް ވައުދުވި އެއްޗެއް ނަމަ ވީހާވެސް އަވަހަކަށް ރައްޔިތުންނާ ހިސާބަށް ގެނެސްދޭނެ ސަރުކާރު ކަމަށެވެ.

"މިދިޔަ ސަރުކާރު ނިމިގެންދިޔައިރު ބަހާލި ރަޖިސްޓްރީ ނުވަތަ ކަރުދާސްކޮޅު. ގޯއްޗަކަށް ބަދަލުވެގެން އެ ބިމުގެ ބޭނުން އެމީހުންނަށް ކުރެވޭނީ ކޮން އިރަކުތޯ؟ އެއީ އެންމެންގެވެސް ސުވާލަކީ. އިރާދަ ކުރެއްވިއްޔާ މި ސަރުކާރު ވެގެންދާނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކުރީގެ ސަރުކާރަކުން ދޭނެ ކަމަށް ވައުދުވި އެއްޗެއް ރައްޔިތުންނާ ހިސާބަށް އެންމެ އަވަހަށް ގެނެސްދޭ ސަރުކާރަށް"
ބޮޗޭ

ބޮޗޭގެ ވިސްނުމަކީ ރައްޔިތުންގެ ކުރިއެރުމެވެ. ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާ ދިނުމެވެ. ޕީޕީއެމް/ ޕީއެންސީގެ ފިކުރަކީ ރައްޔިތުންނަށް ކުރިމަގު ހޯދާ ދިނުމަށް އަބަދުވެސް ވިސްނާ ފިކުރު ކަމަށް ބޮޗޭ ގަބޫލު ކުރައްވައެވެ. ބޯހިޔާވަހިކަމާ ގުޅިގެން ބޮޗޭ ވަނީ ހިޔާ ފްލެޓް ދިނުމުގައި މިދިޔަ ސަރުކާރުން އަމަލު ކުރި ބޭއިންސާފުގެ ވާހަކަތައްވެސް ފާހަގަ ކުރައްވާފައެވެ. އެއީ ރައްޔިތުންނަށް ވެފައި އޮތް ބޮޑު އިހުމާލެއްގެ ގޮތުގައި ބޮޗޭ ސިފަކުރައްވައެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

ގިރާވަރާއި ގުޅިފަޅު އަދި ފުށިދިއްގަރުފަޅުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަން ބޮޗޭ ގަބޫލު ކުރައްވައެވެ.

ރައްޔިތުންނަށް ތަކުލީފަކަށް ވާ ގޮތަށް ހުރި ކޮންމެ ގާނޫނެއް އިސްލާހުކޮށް، ރައްޔިތުންގެ ތަކުލީފު ތަކަށް ލުއި ހޯދުމަށްޓަކައި ގާނޫނުތައް ވުޖޫދުކުރަންވެސް ބޮޗޭ މަސައްކަތް ކުރައްވާނެއެވެ. ބޯހިޔާވަހިކަމުގެ ގާނޫނެއް ވުޖޫދުކޮށް ފަސޭހަ ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށްޓަކއި ބޮޗޭ ކޮށްދެއްވާނެ މަސައްކަތެކެވެ.

ބޮޗޭ ވިދާޅުވީ ކޮންމެ ފަހަރަކު ފްލެޓަށް، ގޯއްޗަށް އެދެންޏާ ގިނަ ތަންތަނުން ސިޓީ ހޯދަން ޖެހޭ ކަމަށާއި ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލެވި ގާނޫނުގެ ތެރެއިން އެކަން ހަމަޖެހުމުން އެކަމުގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަކަށް އެދެންޏާ މުޅި ގައުމުގައި އޮތިއްޔާ އޮތް އިންސްޓިޓިއުޓަކުން ސިޓީ ހޯދައިގެން ކޮންމެ ފަހަރަކު. އެހެންވީމައި ބޯހިޔާވަހިކަމުގެ ދަފްތަރު، ގާނޫނުގެ ތެރެއަށް ވަންނަންޖެހޭ"
ބޮޗޭ

އޭގެ އިތުރުން ބޯހިޔާވަހިކަމުގެ ގާނޫނުގެ ތެރެއިން ސޯޝަލް ހައުސިން ޔުނިޓް ފަދަ ބޯހިޔާވަހިކަން ހޯދުމަށް އެދޭ މީހުންނަށް އެތަންތަން ލިބުމުގައި ގިންތި ކުރަން ޖެހޭ ކަމަށް ބޮޗޭ ގަބޫލު ކުރައްވައެވެ. ބޮޗޭ ވިދާޅުވީ ސޯޝަލް ހައުސިންއަށް އެދޭ އެންމެ ފޯރާ، އެންމެ މުއްސަނދި މީހާ އެތަން ހޯދުމަށް ހުށަހެޅުމުންވެސް ލިބޭ ކަމަށާއި އެހެންކަމުން އެންމެ ނިކަމެތި މީހާ ދަނީ އަނެއްކާވެސް ލިސްޓްގެ އެންމެ ފަހަތަށް ކަމަށެވެ. އަދި ގާނޫނެއްގެ ތެރެއިން އެކަން ކުރިއަށް ގެންގޮސް ހައްލު ކުރެވިދާނެ ކަމަށް ބޮޗޭ ދެކެވަޑައިގަންނަވައެވެ.

މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

ވެރިކަމުގެ އެއް ދައުރުގައި ފަށާ މަޝްރޫއުތައް ހުއްޓުވާ މައްސަލަތަކަކީ އާންމުވެފައިވާ ކަމެކެވެ. އެހެންކަމުން ގައުމުގެ މާސްޓާ ޕްލޭން ގާނޫނެއް އެކުލަވާލެވެން ޖެހޭ ކަމަށްވެސް ބޮޗޭ ގަބޫލު ކުރައްވައެވެ. އެއްގަމު އުޅަނދުފަހަރުގެ ގާނޫނުތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގާނޫނުތަކަށްވެސް އިސްލާހުގެނައުމުގެ މަސައްކަތް ކުރައްވަން ބޮޗޭ ހުންނެވީ ތައްޔާރަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި ބޮޗޭ ވަނީ ގައުމީ ޔުނިވާސިޓީގެ ގާނޫނާއި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް ވެސް އިސްލާހުތަކެއް ހުށަހަޅުއްވާ އެ މަސައްކަތްތައް ނިންމަވާފައެވެ.

ކީއްވެ ބޮޗޭ؟

ބޮޗޭއަކީ އެ ދާއިރާގެ ހާލަތު އޭރުވެސް މިހާރުވެސް އެނގިވަޑައިގަންނަވާ އެ ދާއިރާގެ ހަމައެކަނި ކެންޑިޑޭޓެވެ. ބޮޗޭއަކީ ތައުލީމީ ގާބިލުކަން ހުރި ތަޖުރިބާއާއި ސިޔާސީ މަސްރަހުގައި ވެސް ކޮންމެ އޮއިވަރަކަށްވެސް ކެރިގެން ކުރިމަތިލައްވާނެ ދެގޮތެއް ނުވެ ހުރި ކެންޑިޑޭޓެވެ. އެ ދާއިރާ ރައްޔިތުންނަށް ބޮޗޭގެ ހިދުމަތް ވަނީ ފެނިފައެވެ. ބޮޗޭއާ ގުޅޭ ގޮތުން ގޯސް ވާހަކައެއް ދައްކާނެ ފުރުސަތެއް ދާއިރާއާއި ދާއިރާއިން ބޭރުގެ ރައްޔިތަކަށް ނޯންނާނެއެވެ.

"އަޅުގަނޑަކީ މިދާއިރާގެ ރައްޔިތުން ޓެސްޓު ކޮށްފައި ހުރި ޕްރޮޑަކްޓެއް"
ބޮޗޭ
މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓް، ކުރީގެ މެންބަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމް

ބޮޗޭއަކީ ސަރުކާރު ކެންޑިޑޭޓެވެ. ތިން ބާރު ވަކިވެފައި އޮތް މި ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދެވޭނީ ސަރުކާރުގެ ކެންޑިޑޭޓަށެވެ. އިދިކޮޅު މެންބަރެއްގެ ފަރާތުން ފެނިގެން ދާނީ އެއިރެއްގެ ސަރުކާރަކަށް ޖެއްސުން ކޮށް ދާއިރާއަށް ކުރިއެރުމެއް ލިބުނަ ނުދީ ކުރަމުންދާ މަސައްކަތްތަކެވެ. މިހާރު އޮތް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ މިހާރުގެ ސަރުކާރަށް ކުރާ ޖެއްސުން ފެނިގެން ދާނެއެވެ. ސަރުކާރުން ކަމެއް ކުރިއަ ނުދީ ޖެއްސުންކޮށް ބިލުތައް ބޭރުކޮށް ކުރެވެންއޮތް ގޮތަކަށް ޖެއްސުންތައް ދަނީ ކުރަމުންނެވެ.

ބޮޗޭއަކީ އޭރުވެސް މިހާރުވެސް ދާއިރާގެ ހައްގުގައި ވަކާލާތު ކުރައްވާނެ ބޭފުޅާއެވެ. ބޮޗޭއަކީ ރައްޔިތުންގެ ހާލު ބެއްލެވި މެންބަރެވެ. އެންމެންގެ މަގުބޫލުކަން ހޯއްދެވި މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރެއްވި މެންބަރެވެ. އެހެން ދާއިރާތަކުންވެސް އެދި އެދި ހުރި އެފަދަ ދެވަނައެއް ނެތް މެންބަރެކެވެ. "މައިކް އޮފް" ކޮށް ހާޒިރީ ހަޑިކުރާނެ މެންބަރަކަށް ބޮޗޭ ނުވާނެއެވެ. ބޮޗޭގެ ފަހު ބަހަކީވެސް ރައްޔިތުންގެ ގާތުން މީގެ ކުރިން ކުރެއްވި މަސައްކަތް ކުރައްވަން ދާއިރާގެ ރައްޔިތުން ކެންޑިޑޭޓް ނަންބަރު ދޭ ކަށް ވޯޓު ދިނުމަމެވެ.