ރައްޔިތުން މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަން ފުލުހުން ރަށްރަށަށް ފުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ބްލޫ ޓައިޑް 2024” ގައި ހަރަކާތްތެރިވާ ފުލުހުން ރަށްރަށަށް ފުރަން ފަށާފައިވާ ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8 އިން އިރުއޮއްސި 5:30 ގެ ނިޔަލަށެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އީސީއިން މިހާރު ވަނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.