މުލަކަތޮޅާއި މާލެ އާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާ އަދި އާރްޓީއެލް ފެރީގެ ހިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ،

މި އެއްބަސްވުމުގައ،ި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީންއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދެވެ.

އެމްޓީސީސީ އިން ބުނީ މުލަކު އަތޮޅާއި މާލެ އާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި ގުޅިގެންނާއ،ި އާރްޓީއެލް ރަސްމީކޮށް ނ. ރ. އަދި ބ.އަތޮޅުގައި އިފްތިތާހް ކުރެވުމާއެކު މިއަތޮޅުތަކުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބ،ި ރައްޔިތުން ރަށު ބަންދުން ވީއްލ،ި ދަތުރުފަތުރުގެ އިންގިލާބީ އައު ބާބެއް ފެށޭނެކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ އާރްޓީއެލް ފެރީގެ ހިދުމަތް ތައާރަފް ކުރެވިފައި ވާ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ. އަތޮޅު)، އަދި ޒޯން 6 (ފުވައްމުލަކު އަދި އައްޑޫ ސިޓީ) ގައިވެސް މެދުކެނޑުމެއްނެތި ފެރީ ހިދުމަތް ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަމަށެވެ. އަދި މި ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން ކުރިއަށް ދާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޓީސީސީއިން ބުނީ އާރްޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ތަމްރީންތަށް ދެމުން އަންނަކަމަށެވެ. އަދި ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ އަދި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.