މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ‏މި މަޝްރޫއުގެ ދަށުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. ބަނޑިދޫ، ދ. މީދޫ، ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

11 ރަށެއްގައި އައިސްޕްލާންޓް ގާއިމް ކުރަން ނިންމާފައިވާ އިރު، އައިސް ލިބުމުގެ މައްސަލައަކީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރެއިން ހައްލުކުރަން ޖެހޭ އެއް މައްސަލައެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރުމަށް އެތައް އިހުތިޖާޖުތަކެއް ވަނީ ކޮށްފައެވެ.

މި ސަރުކާރުގެ 5 އަހަރު ނިމޭއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުން އައިސް މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓް ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެ ކަންކަން ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ޝިޔާމް ވަނީ ދެއްވާފްއެެވެ.