އީދާ ގުޅިގެން މިނެޓެއް ހާއިރަށް އެމްއެންޑީއެފް އިން ހަވާ އަރުވައިފިއެވެ.
ކުދިބޮޑު އެތައް ސަތޭކަ ބަޔަކު ބަލަން ދިޔަ ހަވާ އަރުވަން ފެށީ މިރޭ 10 ޖެހިއިރުއެވެ.
ހެންވޭރު އާޓިފިޝަލް ބީޗާ ދިމާ ކަނޑުމަތީގައި ހަވާ އެރުވި އިރު އެކިއެކި ކުލަތަކުން އެކިއެކި ޑިޒައިނަށް ހަވާތައް އަރާ ވައިގެތެތޭގައި ގޮވަމުން ދިޔައެވެ.
އެކިއެކި މުނާސަބަތުތަކާ ގުޅިގެން މީގެ ކުރިންވެސް ހަވާ އަރުވާފައި ވާ އިރު، ހަވާ ބަލާލަން ދިޔުމަކީ އާންމުންގެ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ކުދިބޮޑު އެތައް ބަޔަކު ހަވާއަރުވާ މަންޒަރު ދެކިލައި ފޮޓޯ އާއި ވީޑިއޯ ކޮށް އަދި ސެލްފީ ނެގުމަށް ހަރަކާތްތެރިވެއެވެ.
ރާއްޖޭގައި ހަވާ އެރުވުމަކީ އާންމު ކަމަކަށް ނުވުމާއި ހަވާގެ ރީތި ކުލަތައް ޖައްވުގެ ތެރޭގައި ފެތުރިގެން ދާ ގޮތް ދެކިލައި ހިތްހަމަޖެހުން ލިބގަތުމަކީ ހަވާ ބަލަންދާ އެތައް ބައެއްގެ އިހުސާސެވެ.
އެންމެ ފަހުން އެންމެ ދިގުކޮށް (10 މިނެޓް) އަށް ހަވާ އަރުވާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އައިއޯޖީގެ އިވެންޓުގައި ރާއްޖޭގެ އެތްލީޓުން ރަނގަޅު ކާމިޔާއެއް ހޯދާފައި ވާ އިރު އެ އުފަލުގައި ދިވެހިން ވަނީ ބައިވެރިވެފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވެއެވެ.