ތ. ވިލުފިށި ކައިރި ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ދާދި ދެންމެ ފުލުހުން ބުނީ, ދަތުރު ގޮށް އުޅެނިކޮށް ގެނބުނު ކުއްޖަކު ތ. ވިލުފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމުގެ މައުލޫމާތު މިއަދު 12:45 ހާއިރު ފުލުހުންނަށް ލިބުނު ކަމަށާއި އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށް މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

އެއީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާ އިރު, އެހާދިސާ ހިނގަން މެދިވެރިވި ގޮތް އަދި އެ ދަތުރުގައި އޭނާ އާއެކު ބައިވެރިވީ ކިތައް މީހުން ކަމެއް ސާފުވާގޮތެއް ނުވެއެވެ.

އިތުރު މައުލޫމާތު ސާފު ކުރުމަށް ހެލްތު ސެންޓަރަށް ގުޅުނު ނަމަވެސް ވެރިއަކާ ގުޅިފައި ނުވާތީ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.