ރުހުން ނުދޭ ވަޒީރެއްގެ (ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު)ގެ ލިޔުމަށް އޮތް އިތުބާރާމެދު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ސުވާލު އުފައްދަވައިފިއެވެ.
ނިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ސޮއި ކުރައްވާ "ގޯތި ލިބިފައިވާ ކަމުގެ ލިޔުން" ދޫކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒް ވަނީ ރުހުން ނުދޭ ވަޒީރެއްގެ ލިޔުމުގެ އިތުބާރަކީ ކޮބާތޯ ސުވާލު އުފައްދަވާފައެވެ. އަދި ކުރިން ދިން ލިޔުމަކީ ގާނޫނީ ސަރުކާރަކުން އެސަރުކާރުގެ ވުޒާރައަކުން ދީފައިވާ ލިޔުމެއް ކަމަށާއި އެލިޔުން ގަބޫލު ނުކޮށް މި ލިޔުން ގަބޫލު ކުރަންޖެހޭ ސަބަބަކީ ކޮބާތޯ ވެސް ނިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން އެލިޔުން ގަބޫލު ނުކޮށް މި ލިޔުން ގަބޫލު ކުރަންޖެހޭ ސަބަބާމެދު ވެސް ނިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް، ގޯތި ދޭނެކަން ޔަގީންކޮށްދިނުމަށްޓަކައި ހައުސިން މިނިސްޓްރީއިން "ގޯތި ލިބިފައިވާ ކަމުގެ ލިޔުން" ހަވާލުކޮށްފައި ވަނީ އިއްޔެއެވެ.
ސަރުކާރުން މީގެ ކުރިން ވެސް ބަޔާންކޮށްފައިވާ ފަދައިން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ގޯތިތައް އެ ފަރާތްތަކާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބިން ހަވާލުކޮށް ނިންމުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.
ހައުސިން މިނިސްޓްރީއިން ބުނެފައި ގޯތި ލިބިފައިވާ ކަމުގެ ލިޔުން ދޫކޮށްފައި ވަނީ އެފަދަ ލިޔުމެއް ހޯދުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކަަމަށެވެ. ބިންވެރިކާ ސްކީމްގެ ދަށުން ހައުސިން މިނިސްޓްރީއިން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ އަދި ގޯތި ލިބިފައިވާ ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްގޮތަށް އަމަލު ކުރާނޭ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީއިން ދެއެވެ. އަދި ގޯތި ލިބުމަށް ޝަރުތު ފުރިހަމަވި އެންމެހާ ފަރާތްތަކަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީއިން ވަނީ ދީފައެވެ.
އެމްޑީޕީގެ ލާދީނީ ގުންޑާ މެން ބޭނުންވަނީ މިގައުމަކީ ސަދޫމައްވުރެންވެސް ނުބައިތަނަކައްހަދަން ރުހުންނުދެ ީވެސް މިގުންޑާމެންގެ ހުރިލަދުކުޑަކަން މިހާރު އެއޮތީ ދެން ކުރިވައްކަންތައް ބަލަންފެށިފާ ހުރިހާ ލުއްޗާތައް ބައިތިއްބާ ގޮޅީގައި