ސައުދީ އަރަބިއްޔާ އަށް މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް، އެ ގައުމުން އިއުލާނުކޮށްފިއެވެ.

ސައުދީ އަށް ރަމަޟާން މަސް ފެށިފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ. އެ ގައުމަށް ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީ މާދަމާ އަކީ އެ ގައުމަށް ރަމަޟާން މަހުގެ ފަހު ދުވަހެވެ.

ސައުދީގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ޝައްވާލު މަހުގެ ހަނދު ބެލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރާއްޖޭގައި ވެސް މިރޭ ހަނދު ބެލުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަކަށް ޝައްވާލު މަހުގެ ހަނދެއް ނުފެންނާނެއެވެ. އެހެންކަމުން ރާއްޖެ އަށް މާދަމާއަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ.