ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ބައެއް އިނާމުތައް ނަސީބުވެރި ފަރާތްތަކާ ހަވާލުކޮށްފިއެވެ.

އުރީދޫއިން ބުނީ އެއާޕޮޑްސްގެ އިތުރުން އެޕަލް ބްރޭންޑްގެ ގަޑިތަކެއްވެސް އެ ތަކެތީގެ ނަސީބުވެރި ފަރާތްތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ހަދިޔާ ފޮށިން އަދިވެސް ހަދިޔާ ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ހަދިޔާ ހޯދުމަށް އަވަހަށް އުރީދޫ އެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް އޮބާލުމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ފޮށީގައި ބައިވެރި ވެވޭނީ ދުވާލަކު އެއްފަހަރު ކަމަށެވެ. އުރީދޫއިން ބުނި ގޮތުގައި އުރީދޫގެ ހަދިޔާ ފޮށި ހުޅުވުމަށް ފަހު ދެން އެ ކަސްޓަމަރަކަށް އަލުން ފޮށި ހުޅުވޭނެ ގަޑި އެޕުން ފެންނަން ހުންނާނެއެވެ. މީގެއިތުރުން ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދުމުގެ އިތުރުން "ކަރާ ޕޮއިންޓްސް" ހޯދާ ލީޑާ ބޯޑުގެ އެންމެ ކުރީގައި ހިމެނޭ 3 ފަރާތަކަށް "ވީކްލީ މެގަ ގިފްޓް" ލިބިގެންދާނެއެވެ.

އުރީދޫ ރޯދަ ހަދިޔާ ފޮއްޓަކީ އެތައް ހަދިޔާ ތަކަކާއެކު އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫއިން ދޫކޮށްލާފައިވާ ހަދިޔާތަކެކެވެ. މީގެ ތެރޭގައި ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ވެސް ލިބިގެން ދާނެއެވެ.

އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ފަހަރަކުމެ ރޯދަމަހަށް ހާއްސަ ކޮށްގެން އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ އެތައް ހަދިޔާގެ ފުރުސަތުތަކާ ޕްރޮމޯޝަންތައް ހޯދައިދެމުންނެވެ.