މާލޭ ގެއެއްގެ ޓެރެސްއިން ޖެހިގެން ހުރި ހަމަދަމުންދާ އިމާރާތެއްގެ 3 ވަނަ ފަންގިފިލާގެ ޝީޓް މައްޗަށް މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެއީ 37 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ.

މާފަންނު ގެއެއްގެ ޓެރަސްއިން ޖެހިގެން ހުރި ހަދަމުންދާ އިމާރާތެއްގެ 3 ވަނަ ފަންގިފިލާގެ ޝީޓް މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތް އަދި ސާފުވާގޮތެއް ނުވެއެވެ. ވެއްޓިފައިވާ މީހާ ނެގުމަށް ފުލުހުން ހަރަކާތްތެރިވާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ބަންޑުން ވެއްޓިފައި އޮތްއިރު އޭނާގެ މާބޮޑު ހަރަކާތެއް ނެތެވެ.