ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފޭސް 2، އެޗް 12)އެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއްނުވެ، ގެއްލިފައިވާ ކަމަށް އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އާއިލާ އާއި ހަވަލާދީ ފުލުހުން ބުނީ ޒީވާ އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށެވެ.

ފުލުހުން ވަނީ ޒީވާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.