ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމްފައިސާ މެދުވެރިކޮށް އުރީދޫ އިން ހަމަޖައްސާފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވުމަށް:

- އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެންގެވުމަށްފަހު، ފިތުރު ޒަކާތް ބެނާ އަށް ފިތާލާށެވެ.

- ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ހިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ.

- ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެއެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލެވިފައިވަނީ މާރިޗު 11، 2024 ވާ ހޯމަ ދުވަހުން ފެށިގެން އެޕްރީލް 6، 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.