ރައީސް ޑރ. މުއިއްޒު ދިވެހި ފުލުހުންގެ ހިތުމަތުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށް ރައީސް، ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. ރައީސް ވަނީ ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީ ގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި 24 ގަޑިއިރު މެދުކެނޑުމެއްނެތި ދެމުން ގެންދާނެ ހިދުމަތެއްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ ކަމަށާއި، ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ ހައްގުގައި ކަަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ސްޓްރެޓެޖިކް ޕޮލިސިން ރިއުކަޔާމަންޓްވެސް އިފްތިތާހު ކޮށްދެއްވާފައެވެ. ސްޓްރެޓެޖިކް ޕޮލިސިން ރިއުކަޔާމަންޓަކީ ދިވެހި ފުލުހުންގެ އިދާރާ ހިންގާނެ ގޮތާއި ޖަވާބުދާރީ ކުރުވާނެ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީރު ލިޔުމުން ކަނޑައަޅައި ފުލުހުންނަށް އަންގާ ރަސްމީ ލިޔުމެކެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން ރޭގެ ޖަލްސާގައި ދާހިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާންއާއި ކޮމިޝަނަާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.