ރޭ ހުޅުމާލޭގައި ހިނގި ހާދިސާއާ ގުޅިގެން ފުލުހުން އެތެރޭގެ ތަހުގީގެއް ހިންގަން ނިންމައިފިއެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައިވާ ބުނެ އެ ކުއްޖާގެ އާއިލާއިން ރޭ ވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް އެއްވެ އަޑުގަދަކޮށްފައެވެ.
އެކަމާ ގުޅިގެން ޗީޕް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގަން ފުލުުހުން ނިންމާފައިވާ ކަމަށެވެ.
ދައުރުވަމުންދާ ސީސީފުޓޭޖުން ފެންނަ ގޮތުގައި ދުއްވާފައި އައި ސައިކަލުގެ ކުރީގައި އިނީ ފިރިހެނެކެވެ. އަދި އެ ސައިކަލުގެ ފަހަތުގައި އިނީ އަންހެނެކެވެ.
ޗެކް ޕޮއިންޓަކަށް މަޑުކުރުމަށް އެ ސައިކަލަށް އިޝާރާތް ކުރުމަށް ފުލުހުންގެ އޮފިސަރުގެ އަތުގައި އޮތް ޓްރެފިކް ބެޓޮން ނެގި ނަމަވެސް އަމުރަށް ނުކިޔަމަންތެރިވެ، މަޑުކުރުމެއް ނެތި ދަނިކޮށް ފުލުހުންގެ އެ އޮފިސަރު ހޫރާލި ޓްރެފިކް ބެޓޮން ފަހަތުގައި އިން އަންހެން ކުއްޖާގެ ގައިގާ ޖެހުނު ކަމެއް އަދި ނުޖެހޭ ކަމެއް އެ މަންޒަރު ސާފެއް ނުވެއެވެ.
އެއަށްފަހު ފުލުހުންގެ ދެ ވަނަ ޗެކް ޕޮއިންޓުން ސަލާމަތްވުމަށް ދުއްވާފައި ދަނިކޮށް އެ ސައިކަލުގައި ތިބި ދެ މީހުންނާ އެއްކޮށް ކަހާލައިގެން ވެއްޓޭ މަންޒަރު ފެނެއެވެ.
ނުކިޔަމަންތެރިކަމާއި، ކިބުރުވެރިކަމާއި، ގާނޫނަށް ބޯ ނުލެނބުންފަދަ ނުބައިކަންތައް މި ގައުމުގައި ވަނީ ހައްދުން ނައްޓާލާފައި. ފުލުހުން ނުހަމައިން ވެސް ކަމެއް ކޮށްފާނެ. އެހެން ވެއްޖެނަމަ އެ މައްސަލައެއް ހުށަހަޅައިގެން ބެލުން އޮތީ. ފުލުހުންގެ އަމުރަށް އެ ވަގުތު ބޯލަނބަން ޖެހޭނެ.
ޗެކް ޕޮއިންޓެއް ކީއްކުރަން އެހެންވެސްތަނަކުން މަޑުކުރަން އެންގީމަ އެހިސާބުން ހުއްޓެންވީ ތިހެދިގޮތް ރަނގަޅު މަ ދިޔަނަމަވެސް އަޅާވިހެލިޔަސް އެއްވެސް މައްސަލައެއް ނެއް