ރޭ ހީނާމާގެ ޕާކިން ގައި ކުނިބަހައްޓަން އައި ބިދޭސީން ތަކެއް ޖޫރިމަނާ ކޮށްފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ ވީޑިއޯއެއް އާންމު ކޮށްފައި ވާ އިރު އެ ވީޑިއޯ އިން ފެންނަނީ ބިދޭސީ މިހާ ކައުންސިް ސްޓާފާ ކުރިމަތިލާ މަންޒަރެވެ.
މާލޭގެ މަގުމައްޗަށް ކުނި އަޅާ މައްސަލަ ބޮޑުވެފައިވާއިރު ސިޓީ ކައުންސިލުން ރޭ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ޕިކަޕެއް ފުރާ ކުރި އަޅައިގެން އަައިސް މާލެގެ ހީނާމާގެ ޕާކިންތެރެއަށް އެ ކުނިތައް އެޅުމުން އެމީހުން ޖޫރިމަނާ ކުރަން ސިޓީ ކައުންސިލް މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރެވެ. އެއާއެކު ޖޫރިމަނާ ކުރާތީ ނުރުހުން ފާޅުކޮށް ބިދޭސީ މީހާ [ބަންގްލަދޭޝް މީހާ] "އެ ކީއްވެ، ކޮންމެ މީހަކަށް ވެސް 1 ފަހަރު ލިބެންވާނެ" އޭ ބުނަމުން ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ކުރިމަތިލައެވެ. ނުވަތަ ޒުވާބު ދެއެވެ.
އޭރު ކުރިތައް ބޭލި ޕިކަޕަށް އަލުން އެ ކުނިތައް އަރުވަމުން ދާ މަންޒަރުވެސް ފެނެއެވެ.
މާލޭގެ މަގުމަތީގައި ކުނި ބެހެއްޓި އިތުރު ނުވަ މީހަކު، އިއްޔެވެސް ޖޫރިމަނާ ކޮށްފައިވާ އިރު ކައުންސިލުން ވަނީ ބިދޭސީން ރާއްޖެ ގެނެސް ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ސްޕޮންސާގައި ރާއްޖޭގައި އުޅޭ މީހުންނަކީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތާ ބަޔެއްކަން ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ހިސާބުތަކުގެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނި ނަގާ އުކާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިފައެވެ. މަގުތަކަށް ކުނި އެޅުމާ ގުޅިގެން މިދިޔަ މަހުން ފެށިގެން 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާއިރު، ކައުންސިލުން ވަނީ މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް އެދިފައެވެ.
ކުރީ ދުވަހަކު ރޯދަ ވީއްލުމަށް ޒިކުރާ މިސްކިތައް ގޮސް މިސްކިތުން ކޯ ދޮވެލާނެ ތަކެތި ނަގަން މިސްކިތުގެ ބެލެހެއްޓުންތެރިން ބުނި ކިޔު އިން ގޮސް އެތާ ކާ އެއްޗެހި ބަހަން ހުރި ބަންގްލާދޭޝްގެ ސޮރު ޕިއްޒާ ފޮއްޗެއް ދިނީމަ އެ ހިފައިގެން މިސްކިތު އެތެރޭ އަޅާފައި އޮތް ސުފުރާގައި މަ އިށީނދުނީ. އިރުކޮޅެއް ނުވެ އެހެން ބަންގާޅު ސޮރެއް އައިސް ހަޅޭއްލަވައިގަނެއްޖެ ކިހާ ބޮޑު ކަމެއްހޯ، ފުރަތަމަ ތިމަންނަ އަތް ދިތްކުރީމަ ދިން ޕިއްޒާ ފޮތި އަތުލާފަ މިހާރު ތިޔަ އިނީ މަ ކުރިން އިށީނދެގެން އިން ތަނުގައްޔޯ. އަދި އިންޒާރު ވެސް ދިން ދެން ތިޔަ ކަހަލަ ކަމެއް ކޮށްފިއްޔާ ދުވަސް ދުއްވާލާނަމޯ. މަ ފަކީރު ބިރުން ޕިއްޒާ ފޮއްޗާއި ތިން ކަދުރާ ފެންފުޅި އަކާއި ހިފައިގެން ގޮސް އިށީދެފިން މިސްކިތުގެ އިސް ސަފުގެ ކަނެއްގައި. ހަމަ ހުވާ މިބުނީ މި ބަންގާޅީންގެ ކަންތައް މާ ބޮޑަށްވެސް މައްޗަށް ގޮއްސި މިހާރު