ރޯޝަނީ މަގުގައި ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެއަށްފަހު ބިންމަތީގައި އޮތް މީހާގެ ކައިރީގައި އެކަކު މަޑުކޮށްގެން އިން ނަމަވެސް ބާކީ ތިބި އެންމެން ވަނީ ސައިކަލުތަކަށް އަރައިގެން އެތަނުން ގޮސްފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން މީހަކު އުޅޭކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 7 ޖަހާ ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާއި ބަޔަކު މާރާމާރީ ހިންގުމަށްފަހު ވަނީ ފިލާފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާއާއި މާރާމާރީ ހިންގުމަށް ފަހު ފިލި އެކަކު ކަމަށެވެ.
ފުލުހުން ދަނީ އެ މާރާމާރީ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުނެވެ.
ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވެސް ވިދާޅުވީ އެ މާރާމާރީ ހިންގި އެކަކު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފުރަތަމަ ފެންނަނީ ތިން މީހަކު އަތާއި ފައިން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރެވެ. އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އިތުރު ތިން މީހަކު އައިސް އެ ތިން މީހުންގެ ތެރެއަށް ވަދެ ހަމަލާދޭ މަންޒަރު ވީޑީއޯއިން ފެންނައިރު އެކަކު ބިންމައްޗަށް ވައްޓާލާ ފައިން އެ މީހާގެ ގައިމައްޗަށް އަރާ ހަމަލާދޭ މަންޒަރުވެސް ފެނެއެވެ.