ދައުލަތުގެ މީޑިއާ ''ޕީއެސްއެމް'' އިން ގެނެސްދޭ "އިހުސާސް" ޕްރޮގްރާމުގައި އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ޕްރޮގްރާމް ދެއްކުމުގެ ކުރިން އިތުރަށް ބަލަން ނިންމައިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މި ކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޒީނާ ވިދާޅުވީ އާއްމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕްރޮގްރާމް ޑިޕާޓްމެންޓުގެ އެންމެ އިސްވެރިޔާ އާއި ޕްރޮގްރާމްގެ ހޮސްޓް އާ ވާހަކަ ދައްކާފައިވާނެ ކަަމަށެވެ. އަދި އެ ޕްރޮގްރާމްގައި ރަނގަޅުކުރަން ޖެހިފައިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިހާރު ވަނީ އަންގާފައި ސެންސިޓިވް ކޮންޓެންޓް ހިމެނޭ ޕްރޮގްރާމްތައް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު އޮންއެއާ ކުރަން
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ ޒީނާ ޒާހިރު

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޝާން މަހު ޕީއެސްއެމްއިން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާތާ މިއީ 4 ވަނަ އަހަރެވެ. މި ޕްރޮގްރާމް ހުށަހަޅައިދެނީ ޓީވީ ހޮސްޓު އަދި މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބު މަރިޔަމް ނަމްޒާއެވެ.

އެކްސްގައި އާންމު ފަރާތެއް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނަމްޒާ ނުކުޅެދުޅުންދެރިކަން ހުންނަ ފަރާތްތަކަށް ރައްދު ވާގޮތަށް ވާހަކަ ދައްކަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށާއި އެއީ ކަން ކުރަން ރަނގަޅު ގޮތް ނޫންކަމަށެވެ.

މިކަމާ ގުޅިގެން ޒީނާ ވިދާޅުވީ މި ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ޕްރޮގްރާމް 'އޮން' އެއާ ކުރުމުގެ ކުރިން އިތުރަށް ބެލުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.