ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާ ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާ ކުރުމަށް އަމަލު ކުރާ ގޮތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުމަށާއި ފިނިކޮށް (އައިސް އަލަމާރީގައި) ބަލައްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ސަމާލުކަންދޭންވީ ކަންކަމަކީ:
- ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން.
- އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުންނުކުރުން
- ރެނދުލާފައި ހުންނަ ބިސް ނުގަތުން
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން
- ބިސް ދޮވެގެން ބޭނުން ނުކުރުންއެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާކުރުން
- ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން އަދި އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓުން
ރޯދަ މަހަކީ ބިސް ބޭނުން ކުރާ މިންވަރު އިތުރުވާ މަހެއްކަމުން މިކަންކަމަށް ސަމާލުކަން ދިނުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެދިފައެވެ.
ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ފުޑްއެންޑްރަގު އޮތޯރިޓީން އައިސްއަލަމާރިއެއް ދިނުމަށް ގޮވާލަން