މަޝްހޫރު ބަތަލާ، ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒްގެ ޑްރީމް ޕްރޮޖެކްޓް "ޔާރާ" ގެ ތިން ވަނަ ސީޒަން މިރޭ ދައްކަން ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ބައިސްކޯފުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 21:00 ގައި މި ސީރީޒްގެ އެޕިސޯޑެއް ދައްކަން ހަމަޖެހިފައިވާއިރު މި ފަހަރުގެ ސީޒަންގެ ޓްރެއިލާއެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ވެ. މި ސީރީޒް ހަތަރު ސީޒަނަކަށް ބަހަލައިގެން ގެނެސްދޭއިރު ޔާރާގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކީ ނިންމާލީ ޖަނަވަރީ މަހުގައެވެ. ކޮންމެ ހަފްތާ އަކު އެޕިސޯޑެއްގެ އުސޫލުން ސީރީޒް ގެނެސްދޭނެއެވެ.

އަހުމަދު އިގްބާލް (އައިކިއު) ސްކްރީންޕްލޭ ލިޔުނު "ޔާރާ" އަކީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ސީރީޒްއެކެވެ. މި ސީރީޒުން އެއްފަހަރާ އެންމެ ގިނަ ދިވެހި ތަރިން ފެނިގެންދާއިރު މި ސީރީޒުން ފެނިގެންދާނެ ބައެއް ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައިހު (ޖުމާ)، އަހުމަދު އަޒުމީލު (އަޒޭ)، އައިމިނަތު ރަޝީދާ (އައިންތު)، މުހައްމަދު ވިޝާލް (ރޯމަން)، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. ބަތަލާ ރިޝްމީ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.