ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ޑީސަލިނޭޝަން ޕްލާންޓުތަކެއް ގާއިމުކޮށް އެތަންތަން ދިވެހި ސަރުކާރާ ހަވާލު ކޮށްފިއެވެ.

ޗައިނާއިން އެ ޕްލާންޓްތައް ގާއިމު ކުރި 5 ރަށަކީ;

ހއ. ކެލާ, ގއ. ދާންދޫ, ރ, އަލިފުށި, ޅ. އޮޅުވެލިފުށި އަދި ކ. ކާށިދުއެވެ.

މި 5 ރަށުގައި އިއާދަކުރަނިވި ހަކަތައިން ބޭނުން ކުރާ ޕްލާންޓްތައް ގާއިމުކޮށް ނިންމާފައި ހުންނަތާ ގިނަ ދުވަސް ތަކެއް ވެފައި ވާ އިރު, އެ ތަންތަން ދިވެހި ސަރުކާރާ ހަވާލު ކުރީ ޖެނުއަރީ 30, 2024 ގައެވެ.

މިއަދު ކ. ކާށިދޫގައި ބޭއްވި ރަސްމިއްޔާތެގައި އެ ތަންތަން ސަރުކާރާ ހަވާލު ކުރުން ފާހަގަ ކޮށްފައި ވާ އިރު އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޗައިނާގެ މި މަޝްރޫއުގެ ދަށުން ގާއިމު ކުރި މި 5 ޕްލާންޓުން ކުރެ ކޮންމެ ޕްލާންޓްތަކަކީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޕްލާންޓްތަކެކެވެ.

2022 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ނިންމާފައި ވަނީ އޮކްޓޯބަރު 12, 2023 ގައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި މި ޕްލާންޓުތައް ސަރުކާރާ ހަވާލު ކޮށްފައެއް ނުވެއެވެ.