މިއަހަރު ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމު ކޮށްފިއެވެ.
ފެމިލީ ކޯޓުން ބުނީ ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށެވެ، އަދި ރޭގަނޑު 21:30 އިން 23:30 އަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށެވެ.
މީގެ އިތުރުން ފެމިލީ ކޯޓުން ބުނީ ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިނީ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށް އަދި 16:00 އިން 17:30 އަށްކަމަށެވެ. މީގެ އިތުރުން ރޭގަނޑު 19:30 އިން 21:30 އަށް ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެެވެ.
ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ 16:00 އިން 17:30 އަށެވެ.
މިއަހަރުގެ ރޯދަ މަހާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ހަމަޖައްސާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ. އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.