ހައިވޭގެ މާލެއިން ހުޅުމާލެއަށް ދުއްވާ ފަޅީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގައިގެން އެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4:20 ގައި ކަމަށެވެ. މި އެކްސިޑެންޓަގއި ހިނގި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަނިޔާވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލު ދުއްވަން ތިބި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށެވެ. އަދި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާ އިރު، އެއް ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.