ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެންބަރުން ހިތްހަމަޖައްސައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރު މަސައްކަތް ކުރަން ވެއްޖެނަމަ، ރައްޔިތުންގެ ތަރައްގީ އޮންނާނީ ހުއްޓިފައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް އުތުރުގެ 4 އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހދ. ހަނިމާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނިމިދިޔަ ސަރުކާރު ހިންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީއާ އެކުކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން ދައުލަތުގެ ބަޖެޓުން ހޭދަ ކުރި މިންވަރު އެނގެން އެބަ އޮތް ކަމަށެވެ. އެގޮތުން ހަމައެކަނި ހަނިމާދޫ އެއާޕޯޓް މަޝްރޫއަށް އެކަނި ވެސް 136 މިލިއަން ޑޮލަރު ހޭދަ ކުރާ ކަމަށާއި އެއީ ގާތްގަނޑަކަށް 9 ޑޮމެސްޓިކް އެއާޕޯޓް އެޅޭނެ އަގު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ރާއްޖޭގައި ކޮށްފައިވާ ހުރިހާ މަސައްކަތް ތަކެއްގެ (މަޝްރޫއުތަކެއްގެ) އަގު ވެސް ހުރީ އެ މަސައްކަތެއްގެ ނިސްބަތުން 3 ގުނަ ނުވަތަ 4 ގުނަ ބޮޑުކަން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި އެ ވަރަށް ފައިސާ ހޭދަކުރެވިފައިވީ ނަމަވެސް މަޝްރޫއުތައް ނުނިމޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ 5 އަހަރުގެ ބަޖެޓުގެ ޖުމްލަ 170 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ނަމަވެސް މަސައްކަތް ކުރެވިފަ ހުރި މިންވަރަށް ބަލާއިރު ފެންނަނީ މަޝްރޫއުތައް ފަށާފައި ހުއްޓިފައި ހުރި މަންޒަރު ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ. ޝިޔާމް ވިދާޅުވީ މަޝްރޫއުތަކަށް ބޮޑެތި އަގު ހިމަނާފައިވީ ނަމަވެސް އެ މަޝްރޫއުތަކުގެ މަސައްކަތްތައް ބަލާލުމުން އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ފަށާފައިވާ މަަސައްކަތްތަކުގެ ތެރެއިން 90 ޕަސެންޓް މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އޭގެތެރޭގައި ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރުމަށް ފެށި މަޝްރޫއުތަކާއި އައިސް ލިބުމުގެ ދަތިކަމަށް ހައްލު ހޯދުމަށް ފެއްޓެވި މަޝްރޫއުތައް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެސަރުކާރެއް މިސަރުކާރެއް. ކިޔާނެކަމެއްނެތް ޝިޔާމޫ ކަލޭމެން ރައްޔިތުން ވެރިކަމަށް ގެނައީ ކަންތައް ރަނގަޅު ކުރުމަށް ކޮންމެބަޔަކުވެސް ވެރިކަން ކުރީސަރުކާރުގެ ކުށްދައްކަނީ ތީ މަޖުލިސް މެޖޯރިޓީ ހޯދަން ދައްކާ ހޮޅިވާހަކަ މިހާރުއެނގޭ ކަލޭމެންގެ ގޮތް