މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު ގެ މަގާމަށް އައްޔަން ކުރެއްވި، އެމްއެންޕީގެ ނާއިބު ރައީސް ހުސެއިން އިސްމާއިލް މިއަދު އެ މަގާމުން ވަކިކޮށްފައި ވާއިރު، އޭނާ ވަކިކުރި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ހުސެއިން އިސްމާއިލް އެ މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީ އެވެ.