ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހުރި ޕާރުސަލެއް ރާއްޖެ ގެނައި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 1 މަސް ދުވަހަށް ބަންދުކުރުމުގެ އަމުރެއް ނެރެފައެވެ،

މީގެ އިތުރުން ކޯޓުން ނެރުނު އަމުރުގައި ވަނީ މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައިވާ ފޯން ނަންބަރާ އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުން ކަމަށެވެ. އަދި އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރުވެސް ނޯޓުކޮށްފައިވާކަމަށް ފުލުހުންނާ ހަވާލާދީ އެ ކޯޓު އަުރުގައި ވަނީ ބުނެފައެވެ.

އެމީހާ ހައްޔަރު ކުރީ ޕާރްސަލް ބަލާ ޑީއެޗްއެލް އަށް ގޮސް ހުއްޓައެވެ.