ފޮޓޯގައި ކެޕްޝަން ނުޖަހާނަމަ ދެބޭފުޅުން ވަކިކުރަން ދައްޗެވެ. އުމުރާއި އިސްކޮޅާރި ރޫފަ އަދި ހިނިތުންވުމާއި މޫނުގެ ރޫތަކުގެ އިތުރުން ބޯވެސް އެ ހުރީ ދާދި އެއްގޮތަކަށެވެ.
ހުޅަނގުގެ މަދަދާއެކު ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އިތުރު އެހީގެ ކަންކަމާ މަޝްވަރާ ކުރެއްވުމަށް ޖަރުމަނުގެ ޗާންސެލާ އޯލާފް ސްކޯލްޒް ވޮޝިންޓަނަށް ވަޑައިގެން ނަންގަވާފައި ވާ މި ފޮޓޯގައި އޭނާގެ އަރިހުގައި އެ ހުންނެވީ އެމެރިކާގެ ސެނޭޓަރު ކްރިސް ކޫންސް އެވެ.
ޔޫކްރައިންއަށް ހުޅަނގުން ދޭ މަދަދާއި އެހީތެރިން ވަރުގަދަ ކުރުމުގެ މަޝްވަރާތައް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ އެކު އޭނާ ބާއްވަވާނެއެވެ.
އޯލާފް ކޫންސް އާ ބައްދަލު ވަނީ ސެނޭޓުގައި އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ. ދެބޭފުޅުން އެއްކޮށް ނަންގަވާފައި ސެލްފީ ހާމަ ކުރައްވައި "ހޫ އިޒް ހޫ" [ކާކަކީ ކާކު] ތޯ އައްސަވާ ސަމާސާ ކުރައްވާފައި ވާ އިރު މީގެ ކުރިން އޯލާފް ފާހަގަ ވެގެން ގޮސްފައި ވަނީ ސަމާސާ ކުރައްވައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ.
ނަމަވެސް މި ފޮޓޯ އާންމު ކުރެއްވުމާއެކު ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އިރު، ދެއްވާފައި ވާ މެސެޖަކީ ރަޝިއާއަށް ކާމިޔާބު ވެއްޖެ ނަމަ ދުނިޔެ އިތުރަށް ނުރައްކާ ވާނެ ކަމުގެ މެސެޖެވެ.