އުރީދޫ މޯލްޑިވްސް ކަސްޓަމަރުންނަށް ހުޅުވާލާ ތަފާތު އޮފާ ތަކާއި ސުޕަ ޑީލްތައް *929# އަށް ފިތާލައިގެން ލިބޭ ގޮތް ހަމަޖައްސައިފިއެވެ.

އުރީދޫން އިން ބުނީ، *929# އަށް ފިތާލައިގެން ގިނަ ހިދުމަތްތަކަށް އެދެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ސުޕަޑީލްތައް ހޯދޭ ގޮތަށް ބަދަލު ގެނެސްފައިވާ އިރު، އޭގެ ތެރެއިން މިހާރު ލިބެން ޑޭޓާގެ ހާއްސަ އޮފާތަކެކެވެ.

އެގޮތުން ހަތަރު ހަފްތާއަށް ޑޭޓާ ބޭނުން ކުރެވޭ ދެ ޕެކޭޖެއް ހިމެނެއެވެ. އެއީ 200 ރުފިޔާއަށް 30 ޖީބީ ލިބޭ އޮފާ އަކާއި 250 ރުފިޔާއަށް 60 ޖީބީ ލިބޭ އޮފާއެކެވެ. މީގެ އިތުރުން 30 ދުވަހަށް ޓިކްޓޮކް ހިލޭ ބަލާލެވޭ 5 ޖީބީގެ ޕްރޮމޯޝަނެއް ވެސް ހިމެނެއެވެ.

*929# އިން މީގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ހޯދޭނެއެވެ. އޭގެ ތެރޭގައި އެސްއެމްއެސް އާއި އެޑްއޮންސް އާއި ބޯނަސް ޑޭޓާ ވެސް ނެގޭނެއެވެ.