އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ހަމަނުޖެހުން ހިންގާ ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދުު އިބްރާހީމަށް ހަމަލާދިނުމުން މެޗުގެ ކުޅުން ހުއްޓާލަން ޖެހިއްޖެއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ކުޑަހެންވޭރު ކުޅުންތެރިއަކާއި ވިކްޓަރީގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ [ޖެހުނީ ކޮން މައްސަލައެއްކަން މުޅިން ސާފެން ނުވޭ] ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން އޮފިޝަލުންވެސް ވަނީ ދަނޑަށް އަރާފައެވެ.
މި ހަމަނުޖެހުމުގެ ތެރެއިން މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައެވެ. މެޗު ނިމެން ކަިމއިރިވެފައި [82 ވަނަ މިނެޓުގެ ފަހުން] ހިނގި މި ހަމަނުޖެހުމުގެ ސަބަބުން މެޗު އިތުރަށް ކުރިއަށް ގެންދެވެން ނެތި މެޗު ވަނީ ހުއްޓާލާފައެވެ. އަދި މެޗާ ގުޅޭ ނިންމުމެއް މުބާރާތުގެ ކޮމިޓީން ނިންމާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
1-3 ގެ ނަތީޖާއަކުން ވިކްޓަރީ މެޗުގެ ލީޑުގައި އޮއްވާ ހިނގި މި ހަމަނުޖެހުމުގެ ސަބަބުން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީތެރިވުމަށް އިތުރު ފުލުހުންވެސް ވަނީ ސްޓޭޑިއަމަށް ހާޒިރުވެފައެވެ.
މިއަދުގެ މެޗުގައި ވިކްޓަރީއިން ވަނީ ފުރަތަަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލް އެ ޓީމަށް ޖަހައިދީފައި ވަނީ އެ ޓީމުގެ މުހައްމަދު އުމެއިރު އަދި ފާރޫކް ހައިދަރޯފްއެވެ. ކުޑަ ހެންވޭރަށް ޖެހުނު ލަނޑު ކާމިޔާބުކޮށް ދިނީ އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
މެޗުގައި ހިނގާދިޔަ ހަމަނުޖެހުމަށްފަހު މެޗުގެ ކުޅުން އަލުން ކުރިއަށް ގެންދެވޭތޯ މުބާރާތް އިންތިޒާމްކުރާ އެފްއޭއެމްގެ އޮފިޝަލުންނާއި ދެ ޓީމުގެ އޮފިޝަލުން އަދި ފުލުހުން މަޝްވަރާކުރިނަމަވެސް މެޗު ކުރިއަށް ނުގެންދާ ގޮތަށް މުބާރާތުގެ ކޮމިޓީއިން ނިންމިއެވެ.
ކުރީއްސުރެ އުފެދިފައިހުރި ގޭންގު ތަކުގެ ނަންތައް ކުލަބެއްގޮތުގައި ލީގަލައިޒް ކޮށް ރަޖިސްޓަރީ ކުރެވެންވީ ކީއްވެ. ދެން ދަނޑު މަތީ ގޭންގު މާރާމާރީ ފެށީމާ ކިޔާނީ ކީކޭތޯ؟