ވެމްކޯގެ ވެހިކަލެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނީގެ ކުނި ކަލެއްކްޝަން ކޮމްޕެކްޓަރެއްގައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ވެހިކަލް ދުއްވަން އިން ވެމްކޯގެ ޑްރައިވަރު ސުއޫދު މުހައްމަދު ވަނީ އަލިފާން ރޯވި ވެހިކަލް ވަގުތުން ޓްރާންސްފާ ސްޓޭޝަނަށް ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ވެމްކޯއިން ވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އެ ކުންފުނީގެ ޑްރައިވަރު ސުއޫދު މުހައްމަދުގެ އަވަސް އަދި ހުޝިޔާރު ފިޔަވަޅުތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ވެމްކޯއިން ބުނި ގޮތުގައި ރައްޔިތުންގެ މުދަލަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެފައިވަނީ ސުއޫދުގެ ހުޝިޔާރު ކަމުންނެވެ. އަދި އެމްއެންޑީއެފާ އެ ކުންފުނީގެ މުވައްޒަފުންގެ އެހީގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައެވެ.
ކުނި ވަކިކޮށް ބެހެއްޓުމަށް ތަކުރާރުކޮށް އިރުޝާދު ދޭއިރުވެސް އެފަދައިން އަމަލު ނުކުރެވުމުގެ ސަބަބުން މިފަދަ އެތައް ހާދިސާއެއް މީގެ ކުރިންވެސް ހިނގާފައިވާކަމަށް ވެމްކޯއިން ބުނެއެވެ.
ހުށިޔާރު ހުޝިޔާރަށް ބަދަލުކޮށްލަމާ.