ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ޖިއޯ ބޭގް ގެ ދެވަނަ އަދި އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖިއޯ ބޭގަށް ވެލި އެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރު އުތުރު ފަރާތުގައި 100 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ގާއިމްކުރުމާއި ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 618 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 15.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ފެބްރުއަރީ 8، 2022 ވަނަ ދުވަހު ހަވާލުކުރި މި މަޝްރޫގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.