ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންނަ މަހުގެ 1 ވާ ބުރާސްފަތި ދުވަހު ކުނި ނަގާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯ އިން ބުނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ކުނި ނަގާ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މާލެ ސަރަހައްދުގައި އެކަނި ކަމަށެވެ. މި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ޓްރާންސްފާ ފެސިލިޓީސް، ކުނިނެގުމުގެ ހިދުމަތް އަދި ޑިސްޕޯސަލް ސައިޓްގެ ހިދުމަތް ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
މި ގޮތުން މާލެ ސަރަހައްދުން ކުނި ނެގުމަށް ހަަމަޖެހިފައިވާ ގަޑިތަކަކީ؛
- މާލެ ވޭސްޓް ޓްރާސްފާ ސްޓޭޝަން - 8:00 އިން 17:00 އަށް
- މާލެ ހައުސްހޯލްޑް ކަލެކްޝަން - 14:00 އިން 17:00 އަށް
- ކޯލް އެންޑް ޕިކްއަޕް ސާވިސް - 9:00 އިން 16:00 އަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން - 8:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން - 12:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް2) - 7:00 އިން 15:00 އަށް
- ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން - 8:00 އިން 17:00 އަށް
- ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން - 12:00 އިން 17:00 އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް - 8:30 އިން 17:00