މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނާ ގުޅުން ހުރި 199 މައްސަލަ ހުށަހަޅާފައިވާކަމަށް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ކުދިންގެ އަހްލާގާ ގުޅޭ 20 މައްސަލައެއް ހުށަހަޅާފައިވެއެވެ. ކުދިންގެ ބެލެނެވެރިކަމާ ގުޅޭ ޖުމްލަ 16 މައްސަލަ އެއް ހުށަހަޅާފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭ 19 މައްސަލަ އެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން:

- ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ - 14 މައްސަލަ

- ޖިސްމާނީ އަނިޔާގެ - 26 މައްސަލަ

- ނަފްސާނީ ގޮތުން ދެވޭ އަނިޔާ - 04 މައްސަލަ

- އަޅާލުން ނުލިބުން - 11 މައްސަލަ

- ސައިބާ ބުލީގެ ޝިކާރައަކަށްވުން - 02 މައްސަލަ

- ބުލީ އަދި ހެރަސްމެންޓް - 10 މައްސަލަ

- ވިޓްނެސް ޓު ޑޮމެސްޓިކް ވައިލެންސް - 08 މައްސަލަ

ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުގެ 6 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުމުގެ 10 މައްސަލަ އަދި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ 1 މައްސަލަ ހުށަހަޅާފައިވެއެވެ.