ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން ޒުވާނަކު މަރުވެއްޖެއެވެ.

މިއަދު ހެނދނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެެނެކެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:30 ހާއިރުކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވަލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށެވެ.