ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ބޭފުޅަކާ ކައިވެނި ބައްލަވައިގެންފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންފައި ވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު ރުޝްދީއަށް މުނިކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ އާއެވެ. އެ ދެބޭފުޅުން ކައިވެނި ބައްލަވައިގެންފައި ވަނީ އިއްގެ ވަގުތެއްގައި ކަމަށާއި އެކަން ހިނގާފައި ވަނީ ސްރީލަންކާގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އިރު ކައިވެނި ބައްލަވައިގެން ހުންނެވީ ރާއްޖޭގެ މަޝްހޫރު އެލިއާ ގްރޫޕުގެ ވެރިޔާ މަރުހޫމް އަލީ އަބްދުﷲ ގެ ދަރިކަނބަލުން ލައިލާ އަލީ އާއެވެ. ނަމަވެސް އެ ކައިވެނިފުޅު ރޫޅި ކޯޓުން ސާބިތު ނުކޮށް ލައްކަ ދުވަހު އޮތް ކަމަށް ވެސް 'ދަ ޕްރެސް' އަށް އެނގިފައި ވެއެވެ.

އެ ކައިވެންޏަށް ވަނީ ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައެވެ.