ގައުމީ މަންހަޖުގައި ހިމަނާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ގައުމިއްޔަތު' މި މާއްދާ ކިޔަވައިދިނުން މާދަމާ ރަސްމީކޮށް ފެށުމަށް ނިންމައިފިއެވެ.

ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ކިޔަވައިދިނުމަށް ނިންމާފައިވާއިރު މި މާއްދާ ފުރަތަމަ ކިޔަވައިދޭން ފަށާނެ ސްކޫލުތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށްވާ ގައުމިއްޔަތު މާއްދާ ތައާރަފްކޮށް، އެންމެ ފުރަތަަމަ ކިޔަވަދޭން ފަށާނީ ގްރޭޑް 4 ގެ ދަރިވަރުންނަށެވެ. މި މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ މާއްދާ ކިޔަވައި ދިނުމަށްޓަކައި މުދައްރިސުން ތަމްރީންކޮށް ދަރިވަރުންނަށް ވަސީލަތްތައް ފޯރުކޮށް ދިނުމާއި ގުޅޭ ގޮތުން ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.

އަންނަ މެއި މަހު ފަށާ ދިރާސީ އާ އަހަރާއެކު، ސަރުކާރު ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ މަންހަޖުގައި ހިމަނައިގެން ކިޔަވައިދޭން ފަށުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ.

ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ، ގައުމިއްޔަތުގެ ރުކުންތަކާ ހަމަތަކަށް އިސްކަންދީ، ގައުމިއްޔަތައް ލޯބިކުރާ، ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ އިތުރުން، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަގްސަދުގައެވެ.