ހއ. ހޯރަފުށީ ޖުވެނައިލްޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއަކީ 6.15 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ގްރައުންޑް މަސައްކަތްތަކާ، ކޮންކްރީޓް މަސައްކަތްތަކާ، މޭޝަނަރީ އަދި ޕްލާސްޓަރިން މަސައްކަތްތަކާ، ފުރާޅު އަދި ސީލިން މަސައްކަތްތަކާ، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މީގެއިތުރުން ފިނިޝިން މަސައްކަތް ޓައިލްސް ޖެހުމާ، ކުލަލުމާ، ޑިކަރޭޝަންސްތަކާއ،ި މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގް މަސައްކަތްތުގެ އިތުރުން އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ހާފްވޭ ހައުސްގެ އެންމެ ބޮޑު ބޭނުމަކ،ީ ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދ،ީ ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމައުއަށް ނެރުމެވެ.

ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.