ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ޖަނަވަރީ 9، 2024 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރިއަށް ދާނެކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް 14.77 މިލިއަން ރުފިޔާއަށެވެ.

އާބާދީގައި 900 މީހުން ދިރިއުޅޭ އިންނަމާދޫ އަކީ ކިއްސަރު ވަޑާމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއް ރަށްކަމުގައިވާއިރު އެރަށު އުތުރު ފަރާތުން ވެލިގަނޑު ގިރަމުން ދިޔުމަކީ އޮޑި ދޯނި ފަހަރު ބަނުމާއި އެ ނޫން ވެސް އިގްތިސާދީ މަސައްކަތްތަކަށް އޮތް ވަރަށް ބޮޑު ގޮން ޖެހުމެކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ އެކިއެކި އިސް ފަރާތްތަކާ ހިއްސާކޮށްފައިވާއިރު، މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ނޮވެމްބަރު 1، 2022 ވަނަ ދުވަހުއެވެ.

އެމްޓީސީސީއިން އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތް ފެށުމަށްޓަކައި އެކުންފުނިން މި މަޝްރޫއޫގައި މަސައްކަތްކުރާނެ މެޝިނަރީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވަނީ ޖުލައި 11، 2023 ވަނަ ދުވަހުއެވެ.