25 މިލިއަން މީހުންނަށް ހިދުމަތްދެވޭ އެއާޕޯޓް ކޮންސެޕްޓް އިފްތިތާހުކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވިޔަފަވި ތަރައްގީ ކުރާ އިރު، 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ކޮންސެޕްޓް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާއިރު, މިރޭ އިފްތިތާހު ކުރި މަޝްރޫއަކީ, އެ މަސައްކަތްތައް ނިމުމުން އެއާޕޯޓުގެ ހިދުމަތްތައް ފުޅާވެގެންދާނެ މިންވަރު ތަފްސީލު ކޮށްދޭ މަޝްރޫއެކެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ 2 ވަނަ ފިޔަވަހި ރަސްމީކޮށް ރައިށް ލޯންޗް ކޮށްދެއްވާފައި ވާއިރު, މި މަސައްކަތްތައް 2024 ގެ ނިލަޔަށް ނިންމާނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައި ވެއެވެ.
މިރޭ އޮތް ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވިދާޅުވީ, އެއާޕޯޓު ތަރައްގީ ކުރުމުގެ 2 ވަނަ ފިޔަވައްސަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި މި މަޝްރޫއާއެކު އިތުރު 1000 ވަޒީފާ އުފެދިގެން ދާނެ ކަމށް ވިދާޅުވިއެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގައި މިހާރު ހަދަމުން ދާ ޓާމިނަލަކީ ގަޑިއަކު 4000 ފަސެންޖަރުންނަށް [އަހަރަކު 7 މިލިއަން ފަޖިންސަރުންނަށް' ހިދުމަތް ދެވޭ ގޮތަށް ފަރުވާ ކުރާ ޓާމިނަލެކެވެ.
ބަޖެޓް އެއާލައިންތަކަށް ހާއްސަ ވަކި ޓާމިނަލެއް ހަދަން ނިންމާފައި ވާ އިރު, މިހާރު އެވްރެޖްކޮށް ގަޑިއަކު 300 މީހުންނަށް ހިދުމަތް ދޭ ޑޮމެސްޓިކް ޓާމިނަލްވެސް ތަރައްގީ ކޮށް އަދަދު 2000 އަށް އިތުރު ކުރަން ވަނީ އަމާޒު ހިފާފައެވެ.
ކާގޯ ޓާމިނަލްގެ ޖާގައާއި ހިދުމަތްތައް ފުޅާ ކޮށް 3000 މެޓްރިކްޓަނަށް އިތުރު ކުރުމާއެކު އެއާޕޯޓުގެ ޕާކިން ކެޕޭސިޓީވެސް އިތުރު ކުރުމަކީ ވެސް އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިރޭ އިފްތިތާހު ކުރި މަޝްރޫއު ނިމޭ އިރު އެއާޕޯޓުން ހިދުމަތް ދެވޭ ފަސެންޖަރުންގެ އަދަދު 7 މިލިއަނުން 25 މިލިއަނަށް އިތުރު ކުރުމުގެ ތަސައްވުރު ރައީސް ޑރ. މުއިއްޒުގެ ވިޝަނާއެކު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީ ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެއާޕޯޓުގެ ތަރައްގީއަށް މިއަހަރުގެ ބަޖެޓުގައި 1.06 ބިލިއަން ރުފިޔާ ހިމަނާފައި ވާ އިރު، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރުވެސް ނިންމާލެވިފައެއް ނުވެއެވެ.
އަދި އެ މަޝްރޫއަށް ބޭނުންވާ ފައިސާގެ ދަތިކަން ކުރިމަތިވެގެން ގޮސް ހުއްޓިފައި ވަނިކޮށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވީއައިއޭ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީން ވަނީ ހޯއްދަވާފައެވެ.